ސައިންސް ފެއާތަކަށް ސަރުކާރުން މާލީ އެހީ ދެވޭތޯ މަސައްކަތް ކުރާނަން: މަލީހް

ހިރިޔާ ސްކޫލުން ބޭއްވި ސައިންސް ފެއާ މިނިސްޓަރު މަލީހް ބައްލަވާލައްވަނީ--- ފޮޓޯ: ހިރިޔާ ސްކޫލް

ސްކޫލުތަކުގައި ހިންގާ ސައިންސް ފެއާތަކަށް ސަރުކާރުން މާލީ އެހީ ދޭން މަސައްކަތްކުރަމުންދާ ކަަމަށް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް "ސަން" އަށް މިއަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސްކޫލުތަކުގައި ބާއްވާ ސައިންސް ފެއާތަކުގައި ވަރަށް ހުނަރުވެރި ދަރިވަރުންތަކެއް ފެންނަމުންދާ ކަމަށެވެ. އަދި އެ ކުދިން ސައިންސްއަށް ހުންނަ ލޯތްބާއި ހުނަރު ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ ސައިންސް ފެއާތައް ބޭއްވުމަަށް މާލީ އެހީތެރިކަން ފޯރުކޯށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކަމުން. އެ މަޝްވަރާތަކަށް ފަހު އަޅުގަނޑުމެން އޭގެ ކޮންސެޕްޓް އެކުލަވާލާނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސައިންސް ފެއާތަަކަށް އެހީވާނީ އެ މިނިސްޓްރީން އުފައްދާ ސައިންސް ފައުންޑޭޝަންގެ ދަށުން ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ ދަރިވަރުން އެބަ ކިޔަވާ ތެދެއްތޯ ބިޒްނަސްއާ އާޓްސްގެ މާއްދާތައް. އޭގެ ބަދަލުގައި ސައިންސްއާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންއާއި ހިސާބު އިލްމަށް އަހުލުވެރިކުރުން ބޭނުމަކީ،" މަލީހް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުގައި ބާއްވާ ފެއާތަކުން ދަރިވަރުންގެ ހުނަރު ވަަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. މިދިޔަ އަހަރު ބ. ގޮއިދޫ ސްކޫލުގެ ސައިންސް ފެއާގައި ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓެއްގެ ތެރެއިން ހިންގި ހަރަކާތެއްގައި އެސްލޯން ހޮޅި އާއި ހުސްފުޅި ބޭނުންކޮށްގެން "މިސައިލްއެއް" ވެސް ވަނީ ޓެސްޓްކޮށްފައެވެ.

comment ކޮމެންޓް