ނުއުފައްދާ ކުންފުންޏަކަށް ފަޅެއް ވިއްކި މައްސަލަ ބަލަނީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވުޖޫދުގައި ނެތް ކުންފުންޔަކަށް ފަޅެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރަށް ކަންކަން ކުރުމުގައި ލަސްވުމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށެވެ. އަދި ކަންކަން ލަސްވަނީ ހަމައެކަނި ދަތި އުނދަގޫ މައްސަލަތަކުގައި އެކަނި ކަަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެފަދަ މައްސަލައެއް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކ. އަތޮޅުގެ ފަޅެއްގައި ރިސޯޓް ހަދަން ދިން ސަނީ ހޯލްޑިންގްސް ކިޔާ ކުންފުނި އޭރު ވުޖޫދުގައިވެސް ނެތް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީގެ ބަންޑާރަނައިބު އެކަމަށް ލަފާދެއްވައި އެކަން އެއީ ހިނގާފައި އޮތް ކަމަަކަށް ވާތީ އެކަމާ ކުރިއަށް ދިއުމަށް ލަފާވެސް ދެއްވާފައިވާ ކަަމަށެވެ.

" އެކަމަކު އަޅުގަނޑު އޭގައި ގަސްދުކުރަނީ އަޅުގަނޑުގެ ޕޮލިސީ މީހުންނަށް މަޝްވަރާކުރުމަށްފަހު މިހާރު ބަންޑާރަނައިބުގެ ލަފަޔަކަށް އެކަންވެސް ފޮނުވަން. މި ލެވަލްގައި އެނގޭތޯ ކަންތައްތައް ހިނގާފައި ހުރީ." އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ އދ. އަތޮޅު ފުށިދިއްގާ-ރަތްދިއްގާ ކިޔާ ރަށެއްވެސް ތިން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި އެކަން ބަލަން ނިންމާއިފއިވާ ކަމަށެވެ.

comment ކޮމެންޓް