ތާޕްސީއަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ

ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫ---

ދުނިޔެއިން އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެކަމަށް ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕަންނޫ ބުނެފި އެވެ.

ތާޕްސީ މިހެން ބުނީ "ކާލީ ޓޭލްސް" އަށް ދިން އިންޓަވިއުއެއްގަ އެވެ. އިންޑިއާއިން އެންމެ ދާން ބޭނުންވާ ހިސާބަކީ ކޮން ހިސާބެއްތޯ ސުވާލުކުރުމުން ތާޕްސީ ބުނީ އިންޑިއާގެ ކެރެލާއަށް ދާ ހިތްވާ ކަމަށެވެ. އަދި ދުނިޔެއިން އެންމެ ދާން ބޭނުންވާ މަންޒިލަކީ ކޮން މަންޒިލެއްތޯ ސުވާލުކުރުމުން ތާޕްސީ ބުނީ ރާއްޖެ ކަމަށެވެ.

ތާޕްސީ ވަނީ މީގެ ފަސް ވަރަކަށް އަހަރުކުރިން ރާއްޖެ އައިސްފައެވެ. އެ ފަހަރު އޭނާ ރާއްޖެއައިސް ގުދުރަތީ ރީތި މަންޒަރުތައް އޭނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކުގައި ވަނީ ހިއްސާކޮށްފައެވެ. އަދި ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ވަރަށް ފުރިހަމަ ކަމަށާއި އެންމެ ތީތި ރަށަކީ އިރުފުށި ކަމަށްވެސް ތާޕްސީ ބުނެފައިވެ އެވެ.

ތާޕްސީ އެންމެ އަންނަން ބޭނުންވާ ގައުމަކީ ރާއްޖެ ކަމަށްބުނިއިރު ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯންގެ ވެސް ފޭވަރިޓް މަންޒިލަކީ ރާއްޖެ އެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ހާންވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އިއްޔެ ފުރާފަ އެވެ.

comment ކޮމެންޓް