ރާއްޖެ ދޫކޮށް ދާން ޖެހޭތީ ޝާހްރުކް ދެރަވެފައި

ޝާހްރުކް ހާން--

ރާއްޖެ ދޫކޮށްދާން ޖެހޭތީ ދެރަވާކަމަށް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން ބުނެފިއެވެ.

ޖުމައިރާ ރިސޯޓްގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްފަހު މާލެ އަންނަމުން ލޯންޗްގައި އިނދެ ޝާހްރުކް ކުރި ޓުވީޓެއްގައި ވަނީ ޖުމައިރާ ރިސޯޓްގެ ސްޓާފުންނަށްވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

" ޖުމައިރާ ރިސޯޓް ވަރަށް ބޮޑަށް ހަނދާންވާނެ" ޝާހްރުކް ބުންޏެވެ.

އާއިލާއާއެކު ޝާހްރުކްހާން ރާއްޖެއައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދަތުރުގައި އޭނާގެ ތިން ދަރިން ކަމަށްވާ ސުހާނާ ހާން، އާރިޔަން ހާން އަދި އަބްރާމް ހާންގެ އިތުރުން އަންހެނުން ގޯރީ ހާންވެސް ބައިވެރިވިއެވެ.

މިއީ ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ގްރެޖުއޭޝަންއަށްފަހު ކުރާ ދަތުރެކެވެެ.

ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އޭގެ ތެރޭގައި މަލައިކާ އަރޯރާ ހާން އަދި އަރުޖުން ކަޕޫރުފަދަ ތަރިން ހިމެނެއެވެ.

comment ކޮމެންޓް