މަލައިކާ އަރޯރާ އަނެއްކާވެސް ޗުއްޓީއަށް ރާއްޖެއަށް!

މަލައިކާ އަރޯރާ---

ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ 45 އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މީގެ ހަތަރު މަސްކުރިން ވެސް މަލައިކާ ވަނީ ރާއްޖޭގެ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގަ އޭނާގެ ރަހުމަތްތެރިންނާ އެކު ޗުއްޓީ ހޭދަކޮށްފައެވެ.

މިފަހަރު މަލައިކާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ އަތޮޅުގައި ދަ ވެސްޓިން މޯލްޑިވްސް މިރިލަންދޫ ރިސޯޓުގައެވެ. އޭނާ އަންނަނީ ރާއްޖޭގައި ނަގަމުން އަންނަ ފޮޓޯތައް އަންނަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މަލައިކާ މިފަހަރުވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ އޭނާގެ ރަހުމަތްތެރިންނާ އެކުގައެވެ.

މަލައިކާ އުޅެނީ ބޮލީވުޑްގެ ބަތަލު އަރްޖުން ކަޕޫރު 33، އާ ލޯބީގެ ގޮތުން ގުޅިގެންނެވެ. މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ. އަރްބާޒްއާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައެވެ.

ބޮލީވުޑް ތަރިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް މިހާރު ރާއްޖެ ވަރަށް މަގްބޫލެވެ. އެކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ މައްޗަށް ޖެހިލާފަ އެވެ.

comment ކޮމެންޓް