ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓުތަކަކަށް އެމްއެންޑީއެފްއިން އެހީތެރިވާން ފަށައިފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މޫސުން ގޯސްވެ އެ އުޅަނދުތަކުން އިހަވަންދިއްޕޮޅާ ދިމާލުން ކޮޅިގަނޑެއްގައި ޖެހި އެހީއަށް އެދުނު ކަމަށެވެ.

އެހެންކަމުން ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދެެމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އަދި ކަނޑު މަޑު ސަރަހައްދަށް އެ ބޯޓުތައް ވަނުމުގެ ހުއްދަ ދީފައިވާ ކަަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ބޯޓުތައް ވަދެގެން މީގެ ކުރިން ލަންކާގެ މަސްބޯޓުތައް ވަދެގެން އަތުލައިގަންފައިވެސް ވެއެވެ.

comment ކޮމެންޓް