"މާމުއި" އެނބުރި އޮލިމްޕަހަށް އަންނާނެ!

މާމުއި ގެ 18 ޝޯ އެއް ވަނީ ހައުސްފުލްވެފައި---

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކާމިޔާބު ފިލްމު "މާމުއި" ވަނީ ކާމިޔާބު ޝޯތަކެއް ދެއްކުމަށްފަހު ރޭ އޮލިމްޕަސް ސްކްރީނާ އަލްވަދާއު ކިޔާފައެވެ.

ޖުމްލަ 19 ޝޯ އެއް ދެއްކިއިރު 18 ޝޯ ހައުސްފުލްވެފައިވާ "މާމުއި" އޮލިމްޕަހުން ނެގި ނަމަވެސް އަންނަ އޮކްޓޯބަރު މަހު އޮލިމްޕަސް ސިނަމާއަށް ގެންނާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

"ފިލްމު އަދިވެސް ދައްކަން ބޭނުން. އެކަމަކު އޮލިމްޕަސް އެބައޮތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބުކްކޮށްފައި. އެހެންވެ ފިލްމު ނަގަން މިޖެހުނީ. އަދި ފިލްމު އަޅުވާނަން. ގޮށްރާޅު ވެސް އަޅުވާނަން. އެކަމަކު އަންނަ އޮކްޓޯބަރު މަހު،"

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދިޔަ ފިލްމު "މާމުއި" މިހާރު ވަނީ އަތޮޅު ތެރޭގައި ވެސް އަޅުވަން ނިންމާފައެވެ. ފިލްމު އަޅުވަން ބޭނުންވާ ރަށަކުން ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުން ޑާކްރެއިން އިން އެދެއެވެ.

ހަމަ ގައިމުވެސް "މާމުއި" މިއީ ބެލުންތެރިން ހެއްވާލި ވަރުގަދަ ކޮމެޑީއެކެވެ.

comment ކޮމެންޓް