އަރްޖުން ރާމްޕާލްގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް!

އަރްޖުން ރާމްޕާލް އާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެލާ--- ފޮޓޯ/ އިންސްޓަގްރާމް

ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ އަނބިމީހާ މެހެރް ރާމްޕާލްގެ ދުވަސްވީ ކައިވެނި ނިމުމަކަށް ގެނެއުމަށް ފަހު އަރްޖުން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެފްރިކާގެ ބަތަލާ މޮޑެލް އަދި ހޯސްޓް ގެބްރިއެލާ ޑެމެޓްރިއޭޑިސްއާ އެވެ.

މިހާރު އެދެމީހުންނަށް ވަނީ ދެމީހުންގެ އަލަތު ދަރިފުޅު ލިބިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ގެބްރިއެލާ ވިހާފައިވާއިރު އޭނާ ވިހެއީ ފިރިހެން ކުއްޖެކެވެ.

ދަރިފުޅު ވިހެއުމަށްފަހު އެ ދަރިފުޅުގެ ފުރަތަމަ ފޮޓޯ އަރްޖުން ވަނީ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައެވެ. ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ ގަނޑު ހިއްސާކޮށްފައެވެ.

އެ ދަރިފުޅަކީ އަރްޖުން އަށް ލިބުނު ތިން ވަނަ ކުއްޖާ އަށެވެ. ދާދިފަހުން އަރްޖުން އާއި ގެބްރިއެލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

އަރްޖުން އާއި މެހެރް ވަކިވި އިރު ކައިވެންޏަށް ދެކުދިން ވަނީ ލިބިފަ އެވެ. އެއީ މަހިކާ (17) އަދި މައިރާ (13) އެވެ.

އަރްޖުން އާއި މެހެރް ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މެހެރް އަކީ އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އެއްގެ އިތުރުން ސުޕަމޮޑެލް އެކެވެ.

comment ކޮމެންޓް