އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް -- ފޮޓޯ: އޭއޭއޭ

އައްޑޫ ސިޓީގެ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ފްލައިން ސްކޫލެއް ހޯދައިދޭން ބަޔަކު ހޯދަން އެންމެ ފުރަތަމަ އައްޑޫ އެއާޕޯޓްއިން އިއުލާންކުރީ މިދޔަ މަހު 26 ގައެވެ. އަދި އޭގެ މުައްދަތު މިމަހު 11 ވަނަ ދުވަހު ވަނީ ހަަމަވެފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) ގެ އެގްރިމަންޓް ހަމަވަމުން އާ އެއްބަސްވުމެއް ހެދުމަށް ޖެނުއަރީއިން އޭޕްރީލްމަހާ ހަމައަށް މަަސައްކަތް ކުރި ކަމަށެވެ.

"އެ ސްކޫލުން ލިބޭ އާމްދަނީން ވަކި ބައެއް ލިބޭ ގޮތަށް އަޅުގަނޑުމެން އެއްބަސްވުން ހަދަން އުޅުނީ. އޭގެ ފަހުން އޭއޭއޭއިން އެހެން ތަނެއްގައި އެ ސްކޫލު ހިންގަން ބަލަމުންދާކަމަށް ބުނެ އަޅުގަނޑުމެންނަށް އޮތީ ސިޓީ އޮތީ ފޮނުވާފައި" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލަށް ބީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރުކުރީ ބައިނަލްއަގުވާމީ ގިނަ ބަޔަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އިންނާނެ ފިއުޗާ އެއާޕޯޓްކިޔާ ބައިނަލްއަގުވާމީ މަޖައްލާއެއްގައިވެސް ފްލައިން ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާން ޖަހާފައި،" އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގައި އޭއޭއޭއިން ފްލައިން ސްކޫލު ހިންގުން ހުއްޓާލަން ނިންމިއިރު އެ އެކެޑަމީ އެ ސްކޫލް މާފަރު އެއާޕޯޓްއަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް