ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މީހާ ޕާރުސަލްތަކާ އެކު ހައްޔަރު ކޮށްފި

ތިނަދޫ ޕޯސްޓް އޮފީސް ފަޅާލާފައި: އެ ތަން ފަޅާލި މައްސަލާގައި މީހަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ: ޕޮލިސް

ގދ. ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ ޕާރުސަލް ތަކާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުގެ ހުރި ގިނަ އަދަދެއްގެ ޕާރުސަލްތަކެއް ކަނޑައި ވައްކަން ކޮށްފައިވަނީ ރޭ ދަންވަރު އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:00 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނީ ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މައްސަލައިގެ ތުހުމަތުގައި ގެ އެއް ބަލައި ފާސްކޮށް އެ ތަނުން ވަގަށް ނަގާފައިވާ ސާމާނުގެ އިތުރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެހެނިހެން ސާމާނުތަކަކާއި އެކު 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި ވަގަށް ނަގާފައިވާ ސާމަނު: އެ ތަން ފަޅާލި މައްސަލާގައި މީހަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ: ޕޮލިސް

މިގެ އިތުރުން ޕޯސްޓު އޮފީހުގެ ތިޖޫރީ ފަޅާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ތުޖޫރީ ފަޅާލެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޕާރުސަލްތައް ކަނޑައިގެން ވަގަށް ގެންގޮސްފައި ވަނީ ކޮން އެއްޗެއްސެއްކަމެއް، އަދި ކިހާ އަދަދެއްގެ އެއްޗެއްސެއް ކަމެއް ފުލުހުން ނުބުނެ އެވެ.

comment ކޮމެންޓް