ރައީސްގެ ދެކަނބަލުން މޮރިޝަސް އަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން މޮރިޝަސްް އަށް ފުރާ ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރީޝަސް އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 23 އަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައިއޯއައިޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އައިއޯއައިޖީ ފަށާނީ މިއަދު އެވެ.

comment ކޮމެންޓް