"އަ ކުއައެޓް ޕްލޭސް" ސީކުއަލްގެ ޝޫޓިން ފަށައިފި

އަ ކުއައެޓް ޕްލޭސް ގެ ޕޯސްޓަރެއް---

މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އަދި އެންމެ ތަރުހީބު ލިބުނު ހޮލީވުޑް ފިލްމު "އަ ކުއައެޓް ޕްލޭސް"ގެ ސީކުއަލް އެއް ހަދަން ނިންމައި އެ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ސީކުއަލް ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ޖޯން ކްރަސިންސްކީ އެވެ. ޖޯން ކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާ ކަމަށާއި ފިލްމު ނެރޭނީ އަންނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ފިލްމުގެ ސީކުއަލް އިން ފެނިގެންދާނީ އެމިލީ ބްލަންޓް، މިލިސެން ސިމޮންސް އަދި ނޯއާ ޖޫޕް އެވެ. އަދި އިތުރު އެހެން ތަރިއެއް ފިލްމަށް ސޮއިކޮށްފައެއްނުވެ އެވެ.

އާއިލާއަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ އެ ފިލްމަކީ އިވޭ ބިރުވެރި އަަޑުތަކަކުން ސަލާމަތްވުމަށް ވަކިން ދިރިިއުޅޭ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް