ރައީސް ސޯލިހުގެ ދެ ކަނބަލުން މާދަމާ މޮރިޝަސްއަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހުގެ ދެކަނބަލުން -- ފޮޓޯ/ ރައީސް އޮފީސް

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 23 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައި.އޯ.އައި.ޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް