5ޖީ މޮބައިލް ޕްލޭންއާއެކު ވާވޭ މޭޓް 20 އުރީދޫއިން ތައާރަފްކޮށްފި

ވާވޭ މޭޓް 20--

ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫއިން ފުރަތަމަަ ފަހަރަށް 5ޖީ މޮބައިލް ޕްލޭންއެއް ކުވެއިތުގައި ތައާރަފްކޮށްފިއެވެ.

ޝަމަލް ޖީ ގެ ނަމުން ނަން ދީފައިވާ އެ ޕްލޭންއާއެކު އުރީދޫއިން ވަނީ 5ޖީ ސަޕޯޓްކުރާ ވާވޭގެ ފޯނެއް ކަމަށްވާ މޭޓް 20 ވެސް ލޯންޗްކޮށްފައެވެ.

ވާވޭ މޭޓްއަކީ މުޅި ދުނިޔޭގައިވެސް އެންމެ ފުަރަތަމަ 5ގީ ސަޕޯޓްކުރާ ފޯންވެސް މެއެވެ.

އުރީދޫއިން ބުނީ މިއީ އެ ކުންފުނިން އަބަދުވެސް އެންމެ ޒަމާނީ އާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ހިދުމަތެއް ކަމަށެވެ.

މިއަދު ތައާރްފްކުރި ވާވޭގެ މޭޓް 20 ފޯނުގައި ގައި ތިން ކެމެރާއާއި ދުނިޔޭގެ ފުރަތަމަ ބަލޮންގް 5000 ޗިޕްސެޓްއާއެކު ވޭވޭ އެމް ޕެން- 4 ވެސް ހިމަނާފައިވެއެވެ.

އުރީދޫއިން އެންމެ ފުރަތަމަ ފައިވްޖީ ޓެސްޓްތައް ކޮށްފައިވަނީ ގަތަރާއި ކުވެއިތުގައެވެެ.

މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވި އުރީދޫ ކަލާ ރަންގައި އެ ކުންފުނިންވަނީ އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުރީދޫ 5ޖީގެ ކުޅަދާނެކަން ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކާވެސް ލައިފައެވެ.

އުރީދޫ އަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ ކުންފުންޏެވެ. އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކު ފުލް އައިޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފަ އެވެ. 5ޖީ ނެޓްވޯކަށް ދުނިޔެ ތައްޔާރުވަމުން ދާއިރު، އުރީދޫ މޯލްޑިވްސް އިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދައި، މުޅި އުރީދޫ ގްރޫޕުން ވެސް ފުރަތަމަ މި ލައިސަންސް ލިބުނު ކުންފުންޏަށް ވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް