ބަންގްލަދޭޝް ހައި ކޮމިޝަނުގެ ކާރަކަށް ގެއްލުން ދީފި

ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި އޮތް އެތަނުގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި --- ފޮޓޯ: ސަން

ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި ޕާކް ކޮށްފައި އޮތް އެ ހައި ކޮމިޝަނުގެ ކާރެއްގެ ފަހަތު ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންގްލަދޭޝް ހައި ކޮމިޝަން ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ފަހަތު ބިއްލޫރިގަނޑު ތެޅިފައިވާ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިރޭ 6:40 ހާއިރު ކަމަށެވެ.

އެ ސަރަހައްދުގައި ހުރި މީހަކު 'ސަން' އަށް ބުނީ ބިއްލޫރިގަނޑު ތެޅިފައިވަނީ ކުއްލި އަކަށް ވެއްޓުނު އެއްޗަކުން ޖެހި ކަމަށާއި ނަމަވެސް އެ ވެއްޓުނު އެއްޗެއް އައި ދިމާލެއް ނޭނގޭ ކަމަށެވެ.

ބަންގްލަދޭޝް ހައި ކޮމިޝަން ކުރިމަތީގައި އޮތް އެތަނުގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި --- ފޮޓޯ: ސަން

އެއްޗެއް ވެއްޓި ކާރުގެ ފަހަތުގެ ބިއްލޫރި ގަނޑުގައި ވަނީ އެއްކޮށް ރެނދު ލައި އެއްބައި ތަޅައިގެން ގޮސްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނައިރު ބަންގްލަދޭޝް ހައި ކޮމިޝަނަކީ ފުލުހުން 24 ގަޑިއުރު ފޯރި މަރަމުން އަންނަ ސަރަހައްދެކެވެ.

comment ކޮމެންޓް