މެކްސްކޮމްއަށް 15 އަހަރު ފުރޭތީ ޑިސްކައުންޓްތަކާއި ހަރަކާތްތަކެއް

މެކްސްކޮމްގެ ޝޯރޫމްއެއް--- ފޮޓޯ: މެކްސްކޮމް

މެކްސްކޮމް ޓެކްނޮލިޖީއަށް މިއަހަރު 15 އަހަރު ފުރޭތީ އެ ކުންފުނިން ހާއްސަ ޑިސްކައުންޓްތަކަކާއެކު ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

މެކްސްކޮމް ވުޖޫދަށް އައީ 2004 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މެކްސްކޮމްގެ އިސް އޮފިޝަލެއް "ސަން" އަށް ވިދާޅުވީ 15 އަހަރު ފުރުމާ ދިމާކޮށް ކަސްޓަމަރުންނާއެކު ހާއްސަ ފުޓްބޯޅަ މެެޗެއްވެސް ކުޅުމަށް ރާވައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިމަހުވެސް ވާނީ ފޮޓޯ މުބާރާތެއްވެސް ބާއްވައިފައި. ވަރަށް އަވަހަށް ނަތީޖާ އިއުލާންކުރާނަން" އޮފިޝަލް ވިދާޅުވިއެވެ.

މެކްސްކޮމްގެ ޝޯރޫމްއެއް--- ފޮޓޯ: މެކްސްކޮމް

އޮފިޝަލް ވިދާޅުވީ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނީގެ ކޯޕަރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށް ޑިސްކައުންޓެއްވެސް ދިނުމަށް ހަމެޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ވާނީ ރީޓެއިލް ކަސްޓަމަރުންނަށްވެސް ފަސް ޕަސެންޓާ 10 ޕަސެންޓާ ހަމައަށް މޮބައިލް ފޯނާއި ލެޕްޓޮޕްތަކުންވެސް އަގުހެޔޮކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

މެކްސްކޮމްއަކީ ދުނިޔޭގެ މަޝްހޫރު ކުންފުނި ޑެލްއީއެމްސީ އަދި ވާވޭގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާވެސް މެއެވެ.

ޑެލްގެ ޕްލެޓިނަމް ޕާޓްނަރުންނަށް ދޭ ޓޮޕް ޑޭޓާ ސެންޓަރު އަދި ކޮމްޕިއުޓިން އެވޯޑްއާއެކު މެކްސްކޮމްގެ އެމްޑީ މުހައްމަދު ފަޒީލް--- ފޮޓޯ: މެކްސްކޮމް

ދާދި ފަހުން މެކްސްކޮމްއަށް ވަނީ ޑެލްގެ ޕްލެޓިނަމް ޕާޓްނަރުންނަށް ދޭ ޓޮޕް ޑޭޓާ ސެންޓަރު އަދި ކޮމްޕިއުޓިން އެވޯޑްވެސް ލިބިފައެވެ.

ޑެލްއީއެމްސީގެ އާ ޓެކްނޮލިޖީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މެކްސްކޮމްއިން މިއަދު ވަނީ ވޯކްޝޮޕްއެއްވެސް ބާއްވައިފައެވެ.

މެކްސްކޮމްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފޯނާއި ލެޕްޓޮޕްގެ ވިޔަފާރި ކުރަމުންދާ ކުންފުންޏެކެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު