ދާންދޫ މެޖިސްޓްރޭޓް ލުއައްޔުގެ ސުލޫކީ ހަތަރު މައްސަލަ އެއް ބަލަނީ

ޖޭއެސްސީގެ ބައެއް މެންބަރުން: އެ ކޮމުޝަނުން އިތުރު ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްއާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ބެލުމަށް ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ، ލުއައްޔުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ބެލުމަށް އެ ކޮމިޝަނުން ނިންމައި އެކަމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ލުއައްޔުގެ މައްސަލަ ބަލާ ކޮމެޓީގައި ހިމެނޭ މެންބަރުން

  1. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
  2. ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
  3. ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު
  4. ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
  5. ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިއްފަތު

ލުއައްޔުގެ އިތުރުން ޖޭއެސްސީން މިއަދު ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށް ވެސް ނިންމައިފަ އެވެ. އަދި އެ ޝަކުވާ ތަހްގީގް ކުރުމަށް ތައުދީބީ ކޮމެޓީއަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ދެ މެޖިސްޓްރޭޓްއަކާ ގުޅިގެން ހުށަހެޅި ޝަކުވާ ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު ފަނޑިޔާރަކާ ބެހޭގޮތުން ހެށަހެޅި ދެ ޝަކުވާއެއް ބަލާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް