މުހިއްޔުއްދީން ސްކޫލުގައި ލައިފް ސްކިލް ސެޝަންތަކެއް ފަށައިފި

ބޭރުގެ ތަޖުރިބާކާރަކާއެކު މުހިއްޔުއްދީން ސްކޫލުން ކުރިއަށް ގެންދާ ލައިފް ސްކިލް ސެޝަންތަކެއްގެ ތެރެއިން-- ފޮޓޯ: މުހްޔިއްދީން ސްކޫލް

އޮސްޓްރޭލިއާގެ ތަޖުރިބާކާރުންތަކަކާ އެކު މުހުޔިއްދީން ސްކޫލުން ލައިފް ސްކިލް ސެޝަންތަކެއް ފަށައިފި އެވެ.

އެ ސެޝެންތައް ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގައި މީހުން ބިނާކުރުގައި ހަރަކާތްތެރިވާ ތަޖުރިބާކާރެއް ކަމަށްވާ ރައުވާ ހައްދާދް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަބްދުލް ނަސީމްއާ އެކު އެވެ.

ރައުވާ ހައްދާދްއަކީ އިންސްޕަޔާ ލައިފް ކޯޗިން ޖަމިއްޔާގެ ފައުންޑާގެ އިތުރުން މަދީނާ އެކެޑެމީގެ މެނޭޖިން ޑިރެކްޓާވެސް މެެއެވެ. މީގެ ކުރިން ރައުވާ ވަނީ ފިޖީ، ނިއުޒީލެންޑް އަދި މެެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ސެޝަންތައް ނަގައިދެއްވައިފަ އެވެ.

އެ ސެޝަންތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަަމަށްވާ ޕީސް ފައުންޑޭޝަންއާ ވެސް ގުޅިގެންނެވެ. އެ ސެޝަންތައް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސެޝަންތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ތަފާތު އެކި މައުލޫމާތަކަށެވެެ. އޭގެ ތެރޭގައި ދަރިވަރުންނަށް ހެދޭ ގޯސްތަކަށާއި ދަތި އުނދަގޫތަކުން އަރައިގަންނަ ގޮތްތަކާއި އަދި ލީޑާޝިޕް އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުން ފަދަ މައުލޫތައް ހިމެެނެ އެވެ.

މުހިއްޔުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ އަލި މަނިކް "ސަން" އަށް ވިދާޅުވީ އެ ސެޝަންތައް ކުރިއަށް ގެންދަނީ ގްރޭޑް އަށެއްގެ ކުދިންނަށް ކަމަށެވެ.

ކިޔެވުމުގައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާއިރު ދިރިއުޅުމުގެ ކަންކަން ހަމަަހަމަކޮށް ގެންދިއުމާ ބެހޭ ގޮތުން ހާއްސަ ސެޝަނެއް ވެސް ގްރޭޑް 10ގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް