މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓްު ނެރެފި

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެތީ މެދު ރާއްޖެތެރޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން ނެރުނު މޫސުމާ ބެހޭ އެލާޓުގައި ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދަށް ވަނީ އެލާޓް ނެރެފައެވެ. މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ކުރިއަށްލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އެގޮތުން އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުން ރާއްޖޭގެ ކަނޑުތަށް ގަދަވާނެއެވެ. ވިލާގަނޑުގައި އިތުރަސް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފިއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ބުންޏެވެ.

comment ކޮމެންޓް