ކޮމެޑީ ފިލްމު "މާމުއި"ގެ ވަދާއީ ޝޯތައް ދައްކަން މާދަމާ ރޭ ފަށާނެ އެވެ.
މާދަމާ އަދި ހުކުރު ދުވަހުގެ ރޭ ފިލްމުގެ ވަދާއީ ޝޯ ދައްކާއިރު މިއީ ފިލްމު ބެލޭނެ އެންމެ ފަހު ފުރުސަތެވެ. ޝްވެކް ސިނަމާގައި ފިލްމެއް ނާޅުވާނެ އެވެ.
ޑާކްރެއިންއެންޓަޓެއިންމަންޓްގެ އެ ފިލްމުގެ ވަދާއީ ދެ ޝޯގެ ޓިކެޓް ވިއްކަން މިހާރު ފަށާފައިވާ އިރު ފިލްމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ.
މިހާތަނަށް ބެލުނު އެންމެ ވަރުގަދަ ކޮމެޑީ ކަމަށް ބެލުންތެރިން އިއްތިފާގުވާ "މާމުއި" ޑިމާންޑް މަތިވި ނަމަވެސް އޮލިމްޕަސް ބާރުބޮޑުވުމާ އެކު ފިލްމު ބެލުންތެރިންނަށް އަލްވަދާއު ކިޔާނީ ހުކުރުދުވަހު އެވެ. އެއީ ފިލްމު ދައްކާ އެންމެ ފަހު ރެއެވެ.
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ކޮމެޑީ އެ ފިލްމު ރަހުމަތްތެރިންނާ އެކު ބަލައިލަން "މާމުއި" ވަރުގެ ފިލްމެއް ނެތްކަން ގިނަ ބަޔަކު އިއްތިފާގުވެ އެވެ. ޓިކެޓް ނުގަނެ ތިބި ބެލުންތެރިން އަވަހަށް އޮލިމްޕަހަށް ގޮސް ޓިކެޓް ގަންނާށެވެ. ހުކުރު ދުވަހަށް ފަހު "މާމުއި" ބެލުމުގެ ފުރުސަތު ނުލިބިދާނެ އެވެ.
"މާމުއި" ފުޅި ފޮރުވައިގެން އެ ގެއްލިގެން ހޯދަން ކުރާ ބުރަ މަސައްކަތް ވެސް ފިލްމުން ދައްކުވައިދެ އެވެ.
ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައި ވަނީ ކާގޯ ބޯޓު އަދި ޖެޓުގަ އެވެ. ކޮންމެ މަންޒަރެއް ނެގުމަށް ގިނަ ވަގުތު އަދި ގިނަ ޚަރަދު ހިނގި ނަަމަވެސް ޑާކްރެއިންގެ މަގްސަދަކަށްވީ ބެލުންތެރިންނަށް މޮޅު ފިލްމެއް ގެނެސްދޭށެވެ.
"މާމުއި" އަކީ ބަނޑަށް ހީހީ ހަލާކުކޮށްލާނެ ކޮމެޑީއެކެވެ. އެންމެންނަށް ވެސް "މާމުއި" ކަމުގޮސްފި އެވެ.