ޑްރަގްއާ އެކު މާލެއިން ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

މީގެ ކުރިން ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކީގެ ފޮޓޯއެއް --- ފޮޓޯ: ފުލުހުން

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުންނަ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ. އެ ހުރިހާ އެންމެނަކީވެސް ދިވެހީންނެވެ.

އެ މީހުން ތިބި ގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި އެއް ކިލޯއާއި 146 ގްރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފަ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް