އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

އާޒިމާގެ ޝަރީއަތް ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 11:30 އަށެވެ. އެދުވަހު އޮންނާނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއް ދައުވާ އަކީ، މަނީ ލޯންޑާ ކުރުމަށް ރައީސް ޔާމީންއަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މީގެ އިތުރުން އޭސީސީ އިން ކުރި ތަހުގީގަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދޮގު މައުލޫމާތުތަކެއް ދިން ކަމުގެ ދައުވާ ވެސް ކުރެ އެވެ.

އާޒިމާގެ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ބެހޭގޮތުން މީގެ ކުރިން ވިދާޅުވީ އޭނާގެ މައްޗަށް ދައުވާތައް ކޮށްފައި ވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކޮށްގެން ކަމަށެވެ. އެކަމުގެ ތަފްސީލުތައް ޝަރީއަތުގައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމާއާ ޗިޓް ހަވާލުނުކުރެވިގެން ޝަރީއަތް ނުފެށި ލަސްވާ މައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އާޒިމާ މިފަހަކާ ޖެހެންދެން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އެހެން ނަމަވެސް މި ފަހުން ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް