އިއާދަ ކުރަނިވި މަޝްރޫއުތަަކަށް އޭއައިއައިބީން 45 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އޭއައިއައިބީގެ އަހަރީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު---

ހަކަތަ އުފެއްދުމަށް ރާއްޖޭގެ ސަރުކާރުން ކުރަން ޖެހޭ ތެލުގެ ހަރަދު ކުޑަކުރުމަށް އެހީތެރިވެ އިއާދަކުރަނިވި ހަކަތަ އުފެެއްދުމުގެ މަޝްރޫއުތަކަށް އެހީތެރިވެދިނުމުގެ ގޮތުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 45 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

އޭއައިބީއަކީ އޭޝިއާ ބައްރުގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވެދެމުން އަންނަ ބޭންކެކެވެ.

މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެ ބޭންކްގެ އަހަރީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައިވެރިވެލައްވައި އެ މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އަދި އެ އެއްބަސްވުމުގައި އޭއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ނާއިބު ރައީސް އެންޑްރޯ މެކްޑޮވެލް އެވެ.

އެ ބޭންކްގެ އަހަރީ ބައްދަލުވުމުގެ ތީމެއްގެ ގޮތުގައި މި އަހަރު ކަނޑައަޅާފައި ވަނީ "ކޯޕަރޭޝަން އަދި ކަނެކްޓވިޓީ" އެވެ. އެ ބައްދަލުވުމުގައި އެކި ގަވަރުނަރުންނާއި ސިވިލް ސޮސައިޓީތަކާއި އަދި ކަމާ ގުޅޭ ތަޖުރިބާކާރުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގައި ދެމެހެއްޓެނިވި ސިޓީތައް ތަަރައްގީކުރުމަށް ފައިނޭންސްކުރުމާއި އަދި ޓޫރިޒަމް ފުޅާކުރުރުމަށް އުމްރާނި ވަސީލަތްތަައް ތަރައްގީކުރުމުގެ އިތުރުން މެރިޓައިމް ޓްރާންސްޕޯޓް ސިސްޓަމްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

comment ކޮމެންޓް