ޕޫޖާ އާއި ނަވާބް ކައިވެނިކޮށްފި

ޕޫޖާ އާއި ނަވާބް ވަނީ ކައިވެނިކޮށްފައި---

ބޮލީވުޑްގެ ބަތަލާ ޕޫޖާ ބަޓްރާ 42، ކައިވެނިކޮށްފި އެވެ.

ޕޫޖާ ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ އެކްޓަރު ނަވާބް ޝާހުއާ އެވެ. ފަސް މަސް ދުވަސް ވަންދެން ލޯބިވެރިންގެ ގޮތުގައި ތިބެ ދެ ތަރިން ކައިވެނިކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ނިއު ދިއްލީގަ އެވެ.

ދެ ތަރިން ކައިވެނިކުރުމާ އެކު ބޮލީވުޑް ތަރިންގެ އިތުރުން ފޭނުން އަންނަނީ ދެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ބަތަލަ ޕޫޖާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ޑަކްޓަރަކާ އޭނާ ކައިވެނިކުރި އިރު އެ ކައިވެނި ރޫޅުނީ 2013 ވަނަ އަހަރުގަ އެވެ. ފެމިނާ މިސް އިންޑިއާ އިންޓަނޭޝަނަލް ޓައިޓަލް ހޯދި ބަތަލާ ޕޫޖާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ 2017 ވަނަ އަހަރު ނުކުތް "މީރާ ގޭމް" އެވެ.

ހިންދީ ފިލްމުތަކުން ނުބައިބައި ރޯލުން ފެންނަ ނަވާބް މީގެ ކުރިން އަދި ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. މިއީ އޭނާގެ ފުރަތަމަ ކައިވެންޏެވެ.

comment ކޮމެންޓް