"މާމުއި"ގެ ފޮނިކަން އައްޑޫ ސިޓީއަށް!

މާމުއި އައްޑޫ ސިޓީގައި އަޅުވަނީ---

ޑާކްރެއިންއެންޓަޓެއިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" އައްޑޫ ސިޓީގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި މަހު 18 އަދި 19 ވަނަ ދުވަހު އައްޑޫ ސިޓީގެ މަރަދޫގައި ފިލްމު އަޅުވާނެ ކަމަށެވެ.

ހޮޓްލައިން ނަންބަރު 7955243 އަދި 7414404 އާ ގުޅުމުން ފިލްމުގެ ޓިކެޓް ލިބިގެންދާނެއެވެ. މޮގާ ބުނީ އަތޮޅުތެރޭގައި ވެސް ފިލްމަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށާއި ގިނަ ރަށްތަކެއްގައި ފިލްމު އެޅުވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.

ފިލްމު އައްޑޫ ސިޓީގައި އަޅުވާއިރު ފިލްމުގެ ވަދާއީ ޝޯތަކުގެ ޓިކެޓް މާލޭގައި އަންނަނީ ވިއްކަމުންނެވެ.

މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ހައުސްފުލް އެ ފިލްމަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ.

ފިލްމު އަޅުވާނީ ހަމައެކަނި އޮލިމްޕަސް ސިނަމާގައެވެ. ފިލްމު ޝްވެކްގައި ނާޅުވާނެއެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

comment ކޮމެންޓް