ބޯޓުދަތުރުކުރާ ދިވެހިން މަދުވެ އަލުން ތަމްރީނު ކުރަނީ

ޓްރާންސްޕޯޓު މިނިސްޓްރީއިން ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ރާއްޖޭގައި ބޯޓު ދަތުރުކުރާ މީހުން ނުވަތަ މެރިޓައިމް ދާއިރާގެ މީހުން މަދުވުމުގެ ސަބަބުން އެ ދާއިރާ އިން މީހުން ތަމްރީން ކުރުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ މީގެ އަހަރު ތަކެއް ކުރިއަށް ބަލާއިރު ރާއްޖޭގައިބޯޓު ދަތުރުކުރާ ހާހެއްހައި މީހުން ތިބި ކަމަށާއި ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި މި އަދަދު މަދުވެފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ އަސަރު ކުރާ ކަމެއް،" ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ 2017 އަހަރު 285 މީހުން މެރިޓައިމް ދާއިރާގައި ހަރަކާތްތެރިވި ކަމަށާއި 2018 ވަނަ އަހަރު މި އަދަދު 278 އަށް ދަށްވި ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެރިޓައިމް ދާއިރާގައި ބޭރު ދަތުރުކުރާ ބޯޓުތަކުގައ ހަރަކާތްތެރިވަނީ އެންމެ 140 ދިވެހިން ކަން އާދިލް ފާހަގަ ކުރެއްވިއެވެ.

މެރިޓައިމް ދާއިރާ އަށް މީހުން ބިނާ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ނިންމާފައިވާކަން ހާމަ ކުރައްވާ އާދިލް ވިދާޅުވީ ޑެކް އޮފިސަރުންްނާއި އިންޖިނިއަރުންގެ ގޮތުގައި 60 މީހުން ތަމްރީނު ކުރަން ޓްރާންސްޕޯޓުން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް