ބޭރުގެ ބޯޓުތައް ރާއްޖެ އައިސް މަސް ގަތުމުގެ ހުއްދަ ދޭން ގޮވާލާ ގަރާރެއް ހުށަހަޅަނީ

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދޭން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

މި ގަރާރުގެ ފުރަތަމަ ކިޔުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލު ކުރެވިފައި ވާއިރު، ގަރާރު ހުށަހަޅުއްވަނީ އެމްޑީޕީގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދެވެ.

މި ގަރާރުގެ އިތުރުން ވެސް މަސްވެރިކަމާ ގުޅޭ އިތުރު ތިން ގަރާރެއްގެ ފުރަތަމަ ކިޔުން މާދަމާއަށް ވަނީ ތާވަލު ކުރެވިފަ އެވެ.

އެއީ ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާ ގަރާރަކާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާ ރަށު ކައުންސިލްތަކާ އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމާ ބެހޭ ގަރާރެއްގެ އިތުރުން އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވާ ގަރާރެކެވެ.

މި ހަތަރު ގަރާރުގެ އިބްތިދާއީ ބަހުސް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގައި ކަމަށް މަޖިލީހުން ބުނެ އެވެ.

comment ކޮމެންޓް