ނޭޕާލުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު

ނޭޕާލުގައި ފެންބޮޑުވެފައި -- ފޮޓޯ: އީޕީއޭ

ނޭޕާލުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހަލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރާގައި 43 މީހުން މަރުވެ 24 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރާގައި މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ހަބަރުތައް ބުނެ އެވެ.

ނޭޕަލަކީ ގިނަ އަދަދެއްގެ ދިވެހި ކުދިން ޑޮކްޓަރުކަން ކިޔަވަމުންދާ ގައުމެކެވެ. ފޮރިން މިނިސްޓްރީ އިން ބުނީ ވިއްސާރާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށާޢި އެ ކުދިންގެ ހާލު ފޮރިން މިނިސްޓްރީ އިން ބަލަމުންދާ ކަމަށެވެ.

ނޭޕާލަށް ކުރަމުންދާ ވިއްސާރާގައި ގިނަ ބަޔަކު މަރވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނޭޕާލްގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފައެވެ. މިނިސްޓަރުގެ މެސެޖުގައި ފެންބޮޑުވުމގެ ހާދިސާގައި މަރުވި މީހުންނާއި ހާލުގައި ޖެހިފައިތިބި އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.

comment ކޮމެންޓް