ބާ ކައުންސިލްގެ ފަހު ޖާގަ، އެއް ވޯޓުގެ ތަފާތުން އަނާރާ ކަށަވަރު ކޮށްފި

ބާ ކައުންސިލްގެ ހިންގާ ކޮމެޓީއަށް އިންތިހާބްވެވަޑައިގަތް ހަ ވަކީލުން ---

ބާ ކައުންސިލަށް ހަ މެންބަރުން އިންތިޚާބު ކުރިއިރު އެއް ވޯޓުގެ ތަފާތުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ހިންގާ ކޮމިޓީގެ މެންބަރުކަން ކަށަވަރު ކުރައްވައިފި އެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމެޓީއަށް 18 ވަކީލަކު ވާދަކުރިއިރު އެންމެ ގިނަ ވޯޓް ހޯއްދެވި ހަ ވަކީލުން ވަނީ އިންތިޚާބުވެވަޑައިގެންފަ އެވެ.

އެގޮތުން އެންމެ ވާދަވެރިކޮށް ގޮސްފައިވަނީ ހަ ވަނައަށް ދިޔަ އަނާރާ ނައީމް އާއި ހަތް ވަނައަށް ވަޑައިގަތް އަބްދުލް މާނިއު ހުސައިނެވެ. އަނާރާ އިންތިޚާބުވެވަޑައިގަތީ 342 ވޯޓުންނެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް އިންތިޚާބު ކުރި ހަ ވަކީލުން

1. މުހައްމަދު ފައިސަލް – 637 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

މިއަދު ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއް ސުއޫދުއަށް ލިބިލެއްވީ 401 ވޯޓެވެ.

ނައިބް ރައީސްއަކަށް އިންތިހާބްވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ބޮޑުތަފާތަކުން ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިލެއްވީ 139 ވޯޓެވެ.

ޖުމްލަ 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.

comment ކޮމެންޓް