ބަނގުރާއަޅާފައި ފުޅިތަކެއް ވިއްކަން އުޅެނިކޮށް ބިދޭސީއަކު އަތުލައިގެންފި

ބަނގުރާއަޅާފައި ހުރިކަމަށް ބެލެވޭ ފުޅިތަކެއް ވިއްކަން އުޅުމުގެ ތުހުމަތުގައި އަތުލައިގަތް ބިދޭސީމީހާ --- ފޮޓޯ: ސޯޝަލް މީޑިއާ

ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ ފުޅިތަކެއް ވިއްކަން އުޅުމުގެ ތުހުމަތުގައި ބިދޭސީއަކު އަތުލައިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީ މީހާ އަތުލައިގަތީ މިއަދު އިރުއޮއްސި 6:11 ގައި ކަމަށެވެ. އޭނާ އަތުލައިގަތީ އަސަރީ ގޯޅިންކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަތުލައިގަތީ 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާ އެ ފުޅިތައް އަޅައިގެން އުޅުނީ ދަބަހަކަށެވެ. އެ ދަބަހުން 1.5 މިލިލީޓަރުގެ ނުވަ ފުޅި ފެނިފައިވެއެވެ.

މިދިޔަ މާޗްމަހު ފުލުހުން ވަނީ ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފުޅިތަކެއްވެސް ބަނގުލަދޭޝް ބައެއް އުޅޭ ތަނަކުން އަތުލައިގެންފައެވެ. އެފަހަރު ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހި ހުރި 500 މިލިލީޓަރުގެ 888 ޕްލާސްޓިކް ފުޅި އާއި ފަސް ލީޓަރުގެ ހަ ފުޅި އަދި 14 ޓައްޕު އަތުލައިގަތެވެެ.

ގުޅޭ ޓެގު
comment ކޮމެންޓް