އެމްޑަބްލިއުއެސްސީގެ ވޯޓާ ހީރޯއިންނަށް އިނާމުދީފި

އެމްޑަބްލިއުއެސްސީގެ ވޯޓާ ހީރޯސް އަށް އިނާމު ދިނުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން ސްކޫލުކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެން ދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

އިއްޔެ އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނާ އިނާމު ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެމްޑަބްލިއުއެސްސީގެ ވޯޓާ ހީރޯސް އަށް އިނާމު ދިނުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރެހުމުގެ މުބާރަތް ކުރިއަށްގެންދިޔައީ ހަ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. ހަ ތީމަކަށް ކުރެހުން ހުޅުވާލި އެ މުބާރާތް ކުރިއަށް ގެންދިޔައީ މާޗު 22 އިން އޭޕްރީލް 25ގެ ނިޔަލަށެވެ.

ކުރެހުމުގެ މުބާރާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި އެމްޑީ އާޒިމް ވިދާޅުވީ ކުރެހުމުގެ މުބާރާތަކީ ފެން އިސްރާފު ނުކުރުމަށް މާދަމާގެ ޖީލަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ވޯޓާ ހީރޯސް އަށް އިނާމު ދިނުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިއަދު ހާސިލްވީ ވަރަށް މުހިއްމު ލަނޑުދަނޑިއެއް. އެތައް ބައިވަރު ކުޑަކުދިންނެއް އަޅުގަނޑުމެންނަށް ދަސްކޮށްދީފި ފެން މަދުންބޭނުން ނުކުރަން، ފެން އިސްރާފު ނުކުރަން. ފެނަކި ކިހާ އަގުބޮޑު އެއްޗެއް ކަމާއި ފެން އެއްގޮތަކަށް ވެސް އިސްރާފުވާނެ ގޮތަށް ބޭނުން ނުކުރަން،" އާޒިމް ވަނީ މުބާރާތުގައި ބައިވެރިވި ކުރުމަށް ޝުކުރު އަދާކުރައްވައި، ކުދިންގެ މައިންބަފައިންގެ ފަރާތުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވައިފަ އެވެ.

comment ކޮމެންޓް