އާޒިމާއަށް ކުރާ ދައުވާގެ ލިޔެކިޔުންތައް އޭނާ ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ އަޑުއެހުންތައް ފެށޭނީ ދައުވާ ރައްދުވާ ފަރާތަށް ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރުމަށް ފަހު އެވެ. ދެން އޮންނާނީ ދައުވާގެ އިބްތިދާއީ އަޑުއެހުންތަކެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއް ދައުވާ އަކީ، މަނީ ލޯންޑާ ކުރުމަށް ރައީސް ޔާމީންއަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މީގެ އިތުރުން އޭސީސީ އިން ކުރި ތަހުގީގަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދޮގު މައުލޫމާތުތަކެއް ދިން ކަމުގެ ދައުވާ ވެސް ކުރެ އެވެ.

އާޒިމާއާ ޗިޓް ހަވާލުނުކުރެވިގެން ޝަރީއަތް ނުފެށި ލަސްވާ މައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އާޒިމާ މިފަހަކާ ޖެހެންދެން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އެހެން ނަމަވެސް މި ފަހުން ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް