"ފްރެންޑްސް"ގެ މަޖާގަނޑު ނެޓްފިލްކްސް ދޫކޮށް އެޗްބީއޯ މެކްސް އަށް

މަގްބޫލު ސީރީޒް ފްރެންޑްސްގެ ޕޯސްޓަރެއް---

މެގަ ހިޓް ޓީވީ ސީރީޒް ފްރެންޑްސް ގެ މަގުބޫލުކަން އެ މަޖާގަނޑު އަދިވެސް ކުޑައެއް ނުވެ އެވެ. ސްޓްރީމިން ސާވިސް، ނެޓްފްލިކްސްއިން ފްރެންޑްސް ބަލާމީހުންގެ އަދަދު އަދިވެސް ދަނީ އިތުރެވެ.

ނަމަވެސް އަންނަ އަހަރު ނެޓްފްލިކްސް އިން "ފްރެންޑްސް" ނަގާނެ ކަމަށް ނެޓްފިލްކްސްއިން ވަނީ އިއުލާންކޮށްފައެވެ. އެ މަގްބޫލު ސީރީޒް އަންނަ އަހަރު ނެޓްފްލިކްސް ދޫކޮށްލާނެކަން މިވަނީ ޔަގީންވެފައެވެ. ދެން އެ ސީރީޒް ދައްކާނީ އެޗްބީއޯ އިން އަލަށް ތައާރަފުކުރާ ސްޓްރީމިން ސާވިސް މެކްސް އިންނެވެ.

އެޗްބީއޯ އިން ބުނީ އަލަށް ތައާރަފްކުރާ މެކްސް ވެގެންދާނީ ގިނަ ސީރީޒްތަކެއް ސްޓްރީމްކުރާ ބަޔަކަށްކަމަށެވެ. އެ ކުންފުނިން ބުނީ "ފްރެންޑް"ގެ ހުރިހާ ސީޒަނެއް އަންނަ އަހަރު ކުރީކޮޅުން ފެށިގެން ދައްކަން ފަށާނެ ކަމަށެވެ.

ފްރެންޑްސް ނެޓްފްލިކްސް އިން ސްޓްރީމު ކުރެވޭގޮތަށް ހަދާފައިވަނީ 2015 ވަނަ އަހަރުއެވެ.

ނެޓްފްލިކްސް އިން މީގެ ކުރިން ސްޓްރީމުކުރެވުނު ލޫކް ކޭޖް، އަޔަން ފިސްޓް އަދި ޑެއާ ޑެވިލްވެސް ވަނީ މިހާރު ނެޓްފްލިކްސް އިން ނަގައިފައެވެ.

comment ކޮމެންޓް