ބައްޕަޔަކު ވަޅިއަކުން ދަރިފުޅަށް ބިރުދައްކައިފި

ކ. ދިއްފުށީގައި ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ބައްޕަ ވަޅިން ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދިއްފުށީގެ ކައުންސިލަރު އިބްރާހިމް ސާޖިދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އިއްޔެ މެންދުރެއް ހާއިރު ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ އުމުރުން ތިން މަހުން ފެށިގެން ބަލަމުން އަންނަނީ ބައްޕަ ފަރާތު ބޮޑުދައިތަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކޮށް ވައްކަން ކުރާ މީހެކެވެ. އަދި ކުއްޖާގެ މަންމަ އަކީ ކ. ގާފަރު މީހެއް ކަމަށާއި މަންމަ އަކީ ވެސް ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް އެނގިފައިވެ އެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދިވެހި ފިރިހެނަކު ރޭ 22:36ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް