މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފި

ރޭޕާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް: މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގް ކުރަމުން ---

މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުކު ވިދާޅުވީ، 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 22 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 22 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް