ބުލީކުރުން ހުއްޓުވަން އިންސްޓަގްރާމްއިން އާ ފީޗާތަކެއް ތައާރަފްކޮށްފި

އިންސްތަގްރާމް. ބުލީކުރުން ހުއްޓުވުމަށް އިންސްތަގްރާމްއިން އާ ފީޗާތަކެއް ވަނީ ތައާރަފްކޮށްފައި---

ބުލީކުރުން ހުއްޓުވުމުގެ ގޮތުން އިންސްޓަގްރާއިމްއިން އާ ފީޗާތަކެެއް ތައާރަފްކޮށްފި އެވެ.

އިންސްޓަގްރާމްއިން ތައާރަފްކުރި އެ ފީޗާތަކާ އެކު ބުލީކުރުމުގެ ގޮތުން މީހުން ދައްކާ ވާހަކަތައް ޕޯސްޓްކުރުމުގެ ކުރިން އެކަން ނުކުރުމަށް ބާރު އަޅައި އެކަން އަންގާނެ އެވެ.

މިސާލަަކަށް އެހެން މީހަކާ ދިމާލަށް އިންސްޓަގްރާމްގައި ވަރަށް ހުތުރޭ ބުނެ އެއްޗެއް ޕޯސްޓް ކުރުމުގެ ކުރިން އެކުރެވެނީ އެންމެ ރަނގަޅުކަމެއްތޯ އިންސްޓަގްރާމްއިން ސުވާލުކުރާނެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހުތުރު ކޮމެންޓްތައް ދެނެގަނެވޭއިރު އެކަމުގެ ސަބަބުން ބުލީކުރުން ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށް އިންސްޓަގްރާމްއިން ބުންޏެވެ.

އިންސްޓަގްރާމްގެ ސީއީއޯ އެޑަމް މޮސަރީ ވިދާޅުވީ އިންސްޓަގްރާމްއަށް ނެރުނު ބުލީ ފީޗާގެ ޓެސްޓުތައް ކުރިއިރު ބުލީކުރުން ހުއްޓުވުމުގައި ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށެވެ.

އާ ފީޗާއާއެކު އިންސްޓަގްރާމައިގައި މީހަކު ރެސްޓްރިކްޓްކޮށްފިނަމަ ބުލީ ކުރާ މީހާ ކޮށްފައިވާ މެސެޖުތައް ހަމައެކަނި ފެންނާނީ ވެސް އެމީހާއަށް އެކަންޏެވެ.

އިންސްޓަގްރާމުން ބުލީކުރުމާ ދެކޮޅަށް ފީޗާއެެއް ތައާރަފްކުރިއިރު 2017 ވަނަ އަހަރު އިނގިރޭސިވިލާތުގެ 14 އަހަރުގެ އަންހެން ކުއްޖެއް ވަނީ އިންސްޓަގްރާމްގައި ބުލީކުރުމުގެ ސަބަބުން އަމިއްލައަށް މަރުވެފަ އެވެ.

comment ކޮމެންޓް