އެއްގަމުމަގުން އަރައި ހަނގުރާމަކޮށް ބަލިކުރުމަކީ ކުޅަދާނަކަމެއް ނޫން: އީރާން

އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ

އީރާނަށް އެއްގަމުމަގުން އަރައި ހަނގުރާމަކޮށް ބަލިކުރުމަކީ ކުޅަދާނަކަމެއް ނޫންކަމަށް އެގައުމުން ބުނެފިއެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ އީރާންގެ އެއްގަމު ސިފައިންގެ ލަޝްކަރަކީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދައިފައިވާ ލަޝްކަރެއް ކަމަށާއި އެއްގަމުމަގުން ހަނގުރާމަކޮށް ދުޝްމަނުން ބަލިކުރުމުގެ ކުޅަދާނަކަން އެބަހުރި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ މުޅި ދުނިޔޭގައިވެސް އެންމެ ވަރުގަދަ އެއް އެއްގަމުގެ ލަޝްކަރު އޮތް ގައުމު ކަމަށާއި މާތް ﷲ ގެ އިރާދަފުޅުން އެ ލަޝްކަރު ބަލިނުކުރެވޭނެ ކަމަށެވެ.

ޖެނެރަލް ސުލައިމާނީ ވިދާޅުވީ އީރާން ދުޝްމަނުން މިހާރުވެސް އިގްތިސާދީ ގޮތުންނާއި ސިޔާސީ އަދި އިޖުތިމާއީ އެތަކެއް ގޮތްތަކެއް ބޭނުންކޮށްގެން އެގައުމާ މިހާރުވެސް ހަނގުރާމަ ކުރަމުންދާ ކަމަށެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުން އަމިއްލައަށް ހަތިޔާރާއި ހަޑްވެއާ އުފެއްދުމުގެ ކުޅަދާނަކަަން ހޯދައިފައިވާކަމަށް ޖެނެރަލް ސުލައިމާނީ ވިދާޅުވިއެވެ. އީރާނުން މިސައިލާއި އަދި ޑްރޯން އުފެއްދުމުގައި ހޯދައިފައިވާ ކުރިއެރުންތަކަށްވެސް އޭނާ ވަނީ ތައުރީފް ކުރައްވައިފައެވެ.

ދާދި ފަހުން އީރާނުން ވަނީ އެމެރިކާގެ ޑްރޯންއެއްވެސް ގަވައިދާ ހިލާފަށް އުދުހެނިކޮށް ވައްޓާލައިފައެވެ.

ޖެނެރަލް ސުލައިމާނީ ވިދާޅުވީ ދުޝްމަނުންނާ ކުރިމަތިލުމަށް ސޯވިއަޓް ޔޫނިއަންއިން ކުރިން ހަނގުރާމައިގައި ގެންގުޅުނު "ޑީޕް އެޓޭކް ޑޮކްޓަރިން" އުކުޅުތައް މިދިޔަ އަހަރު އީރާނުގެ ދެކުނުގައި ޕްރެކްޓިސްވެސް ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް