ކުޑަކުއްޖަކަށް އަނިޔާކޮށް ގެއިން ނެރެލި މައްސަލައެއް ބަލަނީ

ކުޑަކުދިންތަކެއް ރާއްޖޭގެ ރަށެއްގައި: -- ސަން ފައިލް ފޮޓޯ

އަނިޔާކޮށް ގެއިން ނެރެލާފައި އޮތް ކުޑަކުއްޖެއްގެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ނިންމައިފި އެވެ.

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް އަނިޔާކުރުމަށް ފަހު ގެއިން ނެރެލާފައި ވަނިކޮށް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި އެ ކުއްޖާ އޮންނަނީ އެރަށުގެ ބޮޑުމަގެއްގެ ކައިރީގައި ހުންނަ ފިތުރޯނު ގަހެއް ކައިރީ އޮށޯވެލައިގެންނެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު އެ މިނިސްޓްރީއަށް މިހާރު ލިބިފައިވާ ކަމަށާއި އަދި މިހާރު އެ މައްސަލަ ބަަލަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނާ ބެހޭ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން ރޭވެސް ރަށެއްގައި ކުޑަކުއްޖަކު ވިއްކާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ޖެންޑާއިން ފަހުން ވަނީ އެ ތުއްތު ކުއްޖާ ދައުލަތަަށް ނަގައިފަ އެވެ.

comment ކޮމެންޓް