ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އެރުވުން -- ފޮޓޯ: ތިލްމީޒާ (ޓުވިޓާ)

ރާއްޖެއިން އެމެރިކާއަށް އަލަށް ކަނޑައެޅި ސަފީރު، ތިލްމީޒާ ހުސައިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އިއްޔެ ވައިޓް ހައުސްގަ އެވެ.

ޓްރަމްޕަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ތިލްމީޒާ ކުރެއްވި ޓުވީޓެއްގައި، އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.

ތިލްމީޒާ އަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ.

ސަފީރު ކަމަށް އައްޔަންކުރުމުގެ ކުރިން ތިލްމީޒާ ހުންނެވީ، ނިއު ޖާޒީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަގާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވޯކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަގާމުގަ އެވެ.

ތިލްމީޒާ މީގެ ކުރިން ވަނީ، ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕާމެނެންޓް ރެޕްރެޒެންޓޭޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރު ގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

ތިލްމީޒާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް