"މާމުއި" އޮތީ ހަމައެކަނި އޮލިމްޕަހުގައި

"މާމުއި"ގެ ޕޯސްޓަރެއް، ފިލްމުގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެ--- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު "މާމުއި" ޝްވެކް ސިނަމާގައި ނާޅުވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ ފިލްމު ހުޅުމާލޭ އަދި މާލޭ ޝްވެކްގައި ވެސް އަޅުވަން ނިންމާފައިނުވާ ކަމަށެވެ. ފިލްމު ޝްވެކް ސިނަމާގައި ނާޅުވަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

"ފިލްމު އަޅުވާނީ ހަމައެކަނި އޮލިމްޕަސް ސްކްރީނުގައި،"

"މާމުއި"ގެ ނުވަ ޝޯއެއް މިހާތަނަށް ވަނީ ހައުސްފުލްވެފައެވެ. ހެއްވާ މަޖާ ކޮމެޑީ ފިލްމުގެ ޓިކެޓް މިހާރުވެސް ބާރަށް ވިކެމުން އަންނައިރު އެ ފިލްމަކީ މިހާތަނަށް ބެލުނު އެންމެ މަޖާ ކޮމެޑީކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ފިލްމުގައި ހިމަނާފައިވާ މޮޅެތި ޑައިލޮގްތައް މިހާރު އާންމު ދިރިއުޅުމުގައިވެސް ބޭނުންކުރާ މަންޒަރު ފެނެއެވެ. ފިލްމުގައި ހިމެނޭ ބައެއް ޑައިލޮގް ވީޑިއޯ މިހާރު އާންމުކޮށްފައިވާއިރު އެ ވީޑިއޯތައް އަންނަނީ ބެލުންތެރިންގެ މެދުގައި ރަސްކަންކުރަމުންނެވެ.

ބެލުންތެރިންނަށް ފިލްމުން ފެނިގެން ދިޔަ އެންމެ ކަމުދިޔަ އެއް ޑައިލޮގް---

"މާމުއި" ބަލައިލަން ވަންނަ ކޮންމެ މީހަކުވެސް ފިލްމު ބަލާފައި ނުކުންނަނީ ހިތްހަމަޖެހިގެންނެވެ. މޫނު މަތިން އުފާވެރިކަން ފެނެއެވެ. ފިލްމު ބަލަމުންދާ ވަގުތު ހީ ހީ ހަލާކުވެއެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

comment ކޮމެންޓް