ރިސޯޓްތަކުގައި ބީޗް ހަދަން ވެލިނެގުމުގެ ހުއްދަ އަލުން ދީފި

ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ދެ ފަތުރުވެރިން ---

ރިސޯޓްތަކުގައި ބީޗް ހަދަން ވެލިނެގުމުގެ ހުއްދަ އަލުން ދީފިއެވެ.

ރިސޯޓްތަކުގެ ގޮނޑުދޮއްތައް ހެދުމުގެ ގޮތުން ވެލިނެގުމުގެ އުސޫލު އެކުލަވާލީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އެކަމުގައި ބައެެއް ފަރާތްތަކުން އިހުމާލުވާކަމަށް ބުނެ މިދިޔަ ޖެނުއަރީމަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ވެލިނެގުން މަނާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ވެލި ގެނުމުގެ ހުއްދަ އަލުން ދޭން ނިންމީ ވެލި ނެގުމުގެ އުސޫލެއް އެހެން މިނިސްޓްރީތަކުން އަދި ހަދައިފައި ނެތުމުގެ ސަބަބުންނެވެ.

"އެގޮތަށް މި ނިންމީ އެއްވެސް ކަހަލަ ހިދުމަތެއް ހުއްޓިގެން ދާނެގޮތަށް ހުސްކަމެއް އަންނަން އަޅުގަނޑުމެން ބޭނުންނުވާތީ އަޅުގަނޑު ކުރިން ދެންނެވިގޮތަށް އެތާހުރި އުސޫލުތައް ގާނޫނާ ގަވައިދުގެ ތެރެއިން ރިވައިޒްކޮށްގެން ގެންނާނަން. އަޅުގަނޑުމެން މިހާރު މިވާކްކުރަމުންދަނީ 14 ގަވައިދެއްގެ ތެރެއަށް ފަހަރަކު ގަވައިދެއް އަންނަމުންދާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

ވެލި ނެގުމުގެ މައްސަލައިގައި އެކަމުގައި އާންމުންގެ ހިޔާލަށްވެސް މިއަހަރު ކުރީކޮޅު މިނިސްޓްރީން ހުޅުވާލިއެވެ.

އަލީ ވަހީދު ވިދާޅުވީ އާ ގަވައިދުތައް ހަދަމުންދާއިރު އެކަމާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އާ ގަވައިދުތައް ގެޒެޓާ ހަމައަށް ގެންނާނީ ބަންޑާރަނައިބުގެ ލަފަޔާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް