ސިނަމާލެ ބުރިޖް ހިމަނައި ގޫގްލް މެޕްސް އަޕްޑޭޓްކޮށްފި

ގޫގަލް މެޕްސްގައި ބުރިޖު ސަރަަހައްދު ހިމަނައިފައި--- ފޮޓޯ: ގޫގުލް މެޕްސް

ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މެޕްތަކާއި އަދި ސެޓެލައިޓް ފޮޓޯތައް ހިމަނައިގެން ގޫގުލް ކުންފުނިން ހަދާފައިވާ، ގޫގަލް މެޕްސްގައި ސިނަމާލެ ބުރިޖާއި އެހެނިހެން ސަރަހައްދުތައް ހިމަނައި އަޕްޑޭޓްކޮށްފި އެވެ.

ބުރިޖު ހުޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް މިހާތަނަށްވެސް އެ ސަރަހައްދުތައް ގޫގުލް މެޕްސްއިން ނުފެނެ އެވެ.

މާލެ ސަރަހައްދު ގޫގަލް މެޕްސްއިން އަޕްޑޭޓްކުރިއިރު ހުޅުމާލެއަށް ދާން އޮންނަ ބުރިޖާއި ހައިވޭތަކާއި އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަންތަން ވަނީ ފެންނާނެ ގޮތް ހަދައިފަ އެވެ.

އޭގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމެންޓަށް ދޫކޮށްފައިވާ މާލޭގެ ދެކުނުން އޮންނަ އެނބޫދޫފަޅު ހިއްކައިގެން އެތަނުގައި މިހާރު ތަރައްގީކުރަމުން އަންނަ ޕްރޮޕަޓީތައްވެސް ގޫގްލް މެޕްސްއިން ވަނީ ފެންނާނެގޮތް ހަދައިފައެވެ.

ގޫގްލްގެ އާތު ބުލޮގުގައިވާ ވާގޮތުން ކޮންމެ މަހަކުވެސް އާ އަޕްޑޭޓްތައް ކުރެ އެވެ. އެހެންނަމަވެސް އަސްލު ފޮޓޯތައް އެ މުއްދަތުގެ ތެރޭގައި ނުފެނިދާނެކަމަށް ބުލޮގުގައި ބުނެފައިވެއެވެ.

comment ކޮމެންޓް