ރިވެލި އެވޯޑް 21 މީހަކަށް ދީފި

މި އަހަަރު ރިވެލި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެވޯޑް ލިބުނު ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިނާމު ހަވާލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން ދެމުން އަންނަ "ރިވެލި" އެވޯޑް މި އަހަރު 15 ފަރާތަކަށް ދީފި އެވެ.

ޖެންޑާ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކައުންސިލްގެ ފަރާތުން ދެމުން އަންނަ އެ އެވޯޑް ދީފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

އެވޯޑު ލިބުނު ފަރާތްތައް

* މުހައްމަދު ރައިޝަން އަހްމަދު، ހުސްނޫވިލާ/ މ މުލައް

* އަލް ހާފިޒް އަހްމަދު ނަބީހު އަބްދުލް ގާދިރު، މާބަގީޗާގެ/ ލ މާވަށް

* މަރިޔަމް ނޫރާ ރަޝާދު، މއ ސެނަކަ، މާލެ

* ފާތިމަތު އިބްރާހިމް، ކާލިމާގެ/ ޅ ހިންނަވަރު

* އަލް ހާފިޒް އަލީ އަމްޖަދު، ރަބީއު/ ހދ ކުޅުދުއްފުށި

* ނަޙްވާން ޔޫސުފް، ތަންހަޅިއާގެ/ ޅ.ނައިފަރު

* އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ

* އަބްދުﷲ ޟިޔާއު، ދެވެލި، ސ.މަރަދޫ

* ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް

* އަޙްމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް

* މަރްޔަމް ލުމައިހާ އާދިލް، މ.ސާނިޔާ

* މުޙައްމަދު ނިޔާފް، ލޫބިޔާ/ ލ.ފޮނަދޫ

* ވަސްމީ ވަޙީދު، ސޯސަންމާގެ/ ބ.ތުޅާދޫ

* ޢަލީ އަމީން، ގ.ރަންރީދޫގެ

* ބްލައިންޑް އެންޑް ވިޝުއަލީ އިންޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސް

އެ ސޮސައިޓީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. އެ ސޮސައިޓިގެ މަގްސަދަކީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް އެ ހައްގުތަކުގެ ދިފާއުގައި ވާހަކަދެއްކުމެވެ.

މި އަހަަރު ރިވެލި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެވޯޑް ލިބުނު ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިނާމު ހަވާލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

* ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)

އެ ކުންފުންޏަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ ތަމްރީން ދެމުންނެވެ.

* ރޭޑިއޯ އެޓޯލް

ރޭޑިއޯ އެޓޯލް އިން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މީހުންގެ އާއިލާތައް ހޭލުންތެރިކުރުމަށް ޕްރޮގްރާމް ހުށައަޅަމުންނެވެ. އެގޮތުން 50 އަށް ވުރެ ގިނަ ޕްރޮގްރާމްތައް ވަނީ ގެނެސްދީފައެވެ.

* ޝަފީނާ ސައީދު، ހީނާމާގެ/ ގއ ކޮލަމާފުށި

އޭނާ އަންނަނީ 2004 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމާ ތަމްރީން އުނގަންނައިދިނުމަށް އުފެދުނު ޖަމިއްޔާ ކެއާ ސޮސައިޓީގެ ވޮލަންޓިއާ ޓީޗަރެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ. މިހާރު އޭނާ މަސައްކަތްކުރަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައެވެ.

މި އަހަަރު ރިވެލި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެވޯޑް ލިބުނު ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިނާމު ހަވާލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

* ރަހުމާ އީސާ

އިމާދުއްދީން ސްކޫލުގައި 2005 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކާ މުޖުތަމައު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

* ދިމްނާ ފާކިރު

ޒުވާނުންގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ ދިމްނާ އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްކުރަމުންނެވެ.

* މޯލްޑިވްސް އޯޓިޒަމް ސެންޓަރު

އޯޓިޒަމް ކުދިންނަށް ތައުލީމް ފުރުސަތުތައް ފަހިކޮށްދީ އެކުދިންނަށް ގައުމީ އަދި ބައިނަލް އަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ. އެ ސެންޓަރުގައި މިހާރު ޖުމްލަ 39 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

"ރިވެލި" އެވޯޑްގެ އިތުރުން އެ ފަރާތްތަކަށް ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ ހާއްސަ އެވޯޑެއް ދީފައެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15،360 މީހުންނާއި ކުދިން އެބަތިބި ކަމަށާއި އޭގެ ތެރެއިން އެންސްޕާ އިން ދޭ އެލަވެންސަށް ރެޖިސްޓްރީކޮށްފައިވަނީ 7771 މީހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރިވެލި އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެވޭ ގައުމީ އެވޯޑެކެވެ.

comment ކޮމެންޓް