ނާގްރާޖް މަންޖޫލޭ ޑައިރެކްޓްކުރާ ފިލްމު "ޖުންދު" ރިލީޒްކުރާ ދުވަސް ފަސްކޮށްފި އެވެ.
އަމީތާބު ބައްޗަން ލީޑު ރޯލުން ފެންނަ އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ.
ފިލްމު އޮކްޓޯބަރު މަހު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމު އަޅުވާ ސީދާ ތާރީހެއް ހާމަކޮށްފައެއްނުވެއެވެ. އެ ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. "ޖުންދު" އަންނަ އޮކްޓޯބަރު މަހަށް ފަސްކުރީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ނުނިމޭތީ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
"ފިލްމުގެ ޝޫޓިން އެއްކޮށް ނިމިފައި. ނަމަވެސް ފިލްމުގެ ބައެއް މަސައްކަތް ނުނިމޭތީ ފިލްމު ފަސްކުރަން ނިންމީ،"
"ޖުންދު" އަކީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.