ވަޒީފާ އިން ވަކިކުރި ފުލުހުންގެ ސިވިލް އޮފިސަރަކަށް ވަޒީފާދޭން ހުކުމް ކޮށްފި

މުހައްމަދު ޝަބީން ނަސީމް އޭނާގެ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާއާ އެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސިސްޓެންޓް ސިވިލް އޮފިސަރެއްގެ ވަޒީފާ އިން ވަކިކުރި މީހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ގ. ރަންނާޅިގެ، މުހައްމަދު ޝަބީން ނަސީމްގެ ފަރާތުން ދައުވާ ކުރީ ގާނޫނާ ޚިލާފަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާ ވަޒީފާ އިން ވަކިކުރި ކަމަށް ބުނެއެވެ.

ވަޒީފާ އިއާދަކޮށްދިނުމުގެ އިތުރުން އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 112،035 ރުފިޔާ މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެއެވެ.

އެހެންކަމުން އެއްބަސްވެފައިވާ ގޮތުގެމަތިން 112،035 ރުފިޔާ ޝަބީނަށް ލިބިދިމުގެ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް