އެމްއެމްއޭ އަށް ދިގުމުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

އެމްއެމްއޭއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަން ކުރުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފިއެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ ބޭންކަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދިން 30 މުވައްޒަފަކަށާއި 20 އަހަރަށްވުރެ ގުނަ ދުވަހު ހިދުމަތްކޮށްދިން މުވައްޒަފެއްގެ އަގު ވަޒަންކޮށްފައިވެއެވެ.

މިރޭގެ ރަސްމިއްޔާރުގައި އަގުވަޒަންކުރި މުވައްޒަފުންނަކީ:

  • ނަރީމާ އަލީ (38 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • އަހުމަދު އަންވަރު (37 އަހަރާޢި 10 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ފާތުމަތު ވަހީދާ (36 އަހަރާއި 9 މަހަށޤވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • އިބްރާހިމް ނަސީރު (36 އަހަރާއި 8 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ޒުލްފާ އަބްދުއްރަހުމާން (35 އަހަރާއި 11 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • މުހައްމަދު އިބްރާހިމް (33 އަހަރާއި 6 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ޝަފީގާ ހުސައިން (33 އަހަރާއި 3 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ހައްވާނަސީރާ (31 އަހަރާއި 5 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • އާއިޝަތު ޒާހިރާ (30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • އާމިނަތު ރަޝީދާ (30 އަހަރާއި 11 މަހަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • މަރިޔަމް ހުސެން ދީދީ (30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)
  • ފާތުމަތު އިބްރާހިމް (20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި)

މިރޭގެ ރަސްމިއްޔާތުގައި މި މުވައްޒަފުންނަށް ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަދިޔާކޮށްދެއްވީ އެމްއެމްއޭގެ އެންމެ ފުރަތަމަ ގަވަރުނަރު އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވަނީ އެންމެ ފުަރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެމްއެމްއޭ އަށް ހިދުމަތް ކުރެއްވި މުވައްޒަފުންނަށާއި އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމްއެމްއޭގެ އެންމެ ފުރަތަމަ ގަވަރުނަރުކަން ކުރެއްވި ރައީސް މައުމޫނު ވިދާޅުވީ އެމްއެމްއޭ އުފެދުނީ އައިއެމްއެފްގެ ލަފަޔާއެކު، ރާއްޖެއަށް ޓޫރިޒަމް ތައާރަފުވެ އާމްދަނީ އިތުރުވާން ފެށުމުން ކަމަށެވެ.

އެމްއެމްއޭގެ ސަބަބުން ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓިފައިވާ ކަން މައުމޫނު ފާހަގަ ކުރެއްވިއެވެ.

"އެއީ ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެއަށް ތައުރީފުލިބޭ ކަމަކަށް ވަނީ ވެފައި. އަދި ރާއްޖޭގެ އިގްތިސޯދާއިމެދު ބޭރު ގައުމުތަކުގެ އިތުބާރުވެސް ވަނީ އިތުރުވެގެން ގޮސްފައި،" މައުމޫނު ވިދާޅުވީ ވެރިކަމުގެ ސިޔާސަތުތައް ބަދަލުވަމުން ދިޔަ ނަމަވެސް އެމްއެމްއޭގެ މަސައްކަތްތަކަށް ރައްޔިތުން ކުރާ އިިތުބާރު ދެމި އެބައޮތް ކަމަށެވެ.

comment ކޮމެންޓް