ކަރުދާސް މަދުކުރަން އެމްޓީސީސީ އިން ބަދަލެއް

ވިލިމާލެ ފެރީ ޓާމިނަލް---ސަަން ފޮޓޯ: މުހައްމަދު އަފްރާހް

ކަރުދާސް މަދުކުރުމަށް އެމްޓީސީސީ އިން ތަފާތު ބަދަލެއް ގެނެސްފި އެވެ.

އެމްޓީސީސީ ވަނީ އެ ކުންފުނިން ވިލިމާލެ އާއި މާލެ އާއި ދެމ،ެދު ދޭ ފެރީ ހިދުމަތަށް ބޭނުން ކުރާ ކަރުދާސް ޓިކެޓުގެ ބަދަލުގައި ސްމާޓް ޓޯކަން އެއް ތައާރަފު ކޮށްފަ އެވެ. މި ސިންގަލް ޖާނީ ޓޯކަން ލެއްވުމަށް ހާއްސަކޮށްފައިވާ ގޭޓުގައި އެކަމަށް ހާއްސަ ކޮށްފައިވާ ސްލޮޓަށް ޓޯކަން ލެއްވުމުން ގޭޓު ދޮރު ހުޅުވޭނެ އެވެ.

މިއީ ސިންގަލް ޖާނީ ދަތުރުތައް ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ހިދުމަތެކެވެ. އެމްޓީސީސީ އިން ބުނީ ޓްރައިޔަލް އެއްގެ ގޮތަށް މި ކަންތައް ފުރަތަމަ ކުރިއަށް ގެންދާއިރު ކޮންމެ ހަފްތާއެއްގެ އާދިއްތަ އިން ބުރާސްފައްޗަށް، ހެނދުނު 10 އިން 12 އަށް އަދި ރޭގަނޑު އަށަކުން 10 އަށް ވިލިނގިލީ ފެރީ އިން ދަަތުރުކުރުމަށް ކަރުދާސް ޓިކެޓު ބޭނުން ނުކުރާނެ ކަމަށެވެ.

އެމްޓީސީސީ އިން މިހާރުވެސް ވިލިމާލެ ދަތުރުތަކަށް ދަތުރުކާޑު ބޭނުން ކުރެ އެވެ.

މީގެ ކުރިން ހުޅުމާލެ މާލެ ދަތުރުތަކަށްވެސް ސްމާޓް ދަތުރު ކާޑެއް ބޭނުންކުރި އެވެ. ނަމަވެސް ސިނަމާލެ ބްރިޖާޢެކު އެމްޓީސީސީ އިން އެ ރޫޓުން ދެމުންދިޔަ ފެރީގެ ހިދުމަތަށް ގެނައި ބަދަލާއެކު ޕްރިމިއަމް ފެރީ ބޭނުންކުރަން ފެށިފަހުން ދަތުރު ކާޑު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

comment ކޮމެންޓް