"ދަ ލިޓްލް މާމެއިޑް"ގެ "އޭރިއަލް"ގެ ރޯލް ހެލީ ބެއިލީއަށް

"ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ ހޭލީ---

ޑިޒްނީގެ މަޝްހޫރު ކާޓޫން "ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމަށް ތަރިއަކު ހަމަޖައްސައިފިއެވެ.

ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ. އޭނާ އެ ފިލްމުގެ ކާސްޓާ ގުޅުނުކަން މިވަނީ މިހާރު ޔަގީންވެފައެވެ.

ފިލްމުގެ ޑިރެކްޓަަރު ރޮބް މާޝެލް ބުނީ "އޭރިއަލް" ހޯދުމަށް ބުރަ މަސައްކަތެއް ކުރެވުނު ކަމަށާއި އެ ރޯލަށް އެންމެ އެކަށީގެންވަނީ ހެލީ ކަމަށެވެ. އޭނާގެ ގައިން "އޭރިއަލް"ގެ ސިފަ ފެންނަ ކަމަށާއި އޭނާގެ ގައިން ރަނގަޅުހެން ހީވާ ހުރިހާ ސިފަތަކެއް ފެންނަ ކަމަށެވެ. އަދި އޭނާގެ އަޑުވެސް "އޭރިއަލް" ގޮތަށް ފުރިހަމަ ކަމަށެވެ.

ފިލްމުގެ ލީޑް ތަރިއެއްގެ ގޮތުގައި ހޭލީ ހަމަޖެހުނުއިރު އޭނާ ކުރި ޓްވީޓެއްގައި ބުނީ "މިއީ ހުވަފެނެއް ހަގީގަތަކަށް ވުން" ކަމަށެވެ.

އަންނަ އަހަރު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ކާޓޫންގައި ފެންނަ ވިލަން "އުރްސެލާ"ގެ ރޯލުން ފެނިގެންދާނީ މެލިސާ މެކާތީއެވެ.

ކާޓޫންގެ ލައިވް އެކްޝަން ފިލްމު ހަދާއިރު ކާޓޫންގައި ފެނިގެންދިޔަ ހުރިހާ ލަވައެއް ވެސް އަލުން އުފައްދާނެއެވެ.

comment ކޮމެންޓް