"ޖަބަރިޔާ ޖޯޅީ"ގެ ލަވަ އެއް ދޫކޮށްލައިފި

ސިދާތް އަދި ޕަރިނީތީ--

ސިދާރްތު މަލްހޯތުރާ އަދި ޕަރިނީތީ ޗޯޕްރާގެ ފިލްމު 'ޖަބަރިޔާ ޖޯޅީ'ގެ ޓްރެއިލާ އާންމުކުރުމަށްފަހު އެ ފިލްމުގެ ލަވައެއް ދައްކާލައިފިއެވެ.

ޔޯޔޯ ހަނީ ސިންހް، އަޝޯކް މަސްތީގެ އަދި ޖިއޯތިކާ ތަންގްރީގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު އެ ލަވައިގެ ނަމަކީ "ކަޅްކޭ ގްލޮސީ" އެވެ.

"ހޯލީ"ކުޅޭ މަންޒަރުތައް އެ ލަވައިން ފެންނައިރު އެ ފިލްމަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމު ސްކްރީނަށް އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ ޖުލައި 12ގައެވެ. ފިލްމު އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން ނިންމީ ރިތިކް ރޯޝަންގެ "ސުޕަ 30" ޖުލައި 12ގައި ރިލީޒްކުރާތީއެވެ.

ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ބިހާރުގައި އޮންނަ ކައިވެންޏެއް، އެ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ، ކައިވެނީގެ ކުރިން ފޮރުވުން ނުވަތަ ވަގަށް ނެގުމުގެ ސަގާފަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޕްރަޝާންތު ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ.

comment ކޮމެންޓް