ފަސްޓް ލޭޑީ ފަޒްނާ އަމީނިއްޔާގެ އަލިމަސް ޖުބިލީ ދުވުމުގައި ބައިވެރިވެވަޑައިގެންފި

އަމިނިއްޔާ ސުކޫލްގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު "އަމީނީ ޑައިމަންޑް ޖުބްލީ ރަން" ގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ހަރަކާތަކީ، ދުޅަހެޔޮ ސިއްހަތަކަށް އަމާޒުކޮށް އަމީނިއްޔާ ސްކޫލުން އިންތިޒާމްކޮށްގެން އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަރަކާރުގައި ފަސްޓް ލޭޑީ ފަޒްނާގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ އަންހެން ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ،

އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ އިސް ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ހިމެނިގެން 2،500 އަށް ވުރެ ގިނަ ބައިވެރިން މި ދުވުމުގައި ބައިވެރިވިއެވެ.

މި ހަރަކާތަކީ މި އަހަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެންމެ ބޮޑު ހަރަކާތެވެ.

comment ކޮމެންޓް